ސިފައިންގެ ޖޫނިއާ އޮފިސަރުންގެ ތެރެއިން 35 ބޭފުޅަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ.

ކ. އާރަށުގައި މިއަދު ބޭއްވި ހަފްލާގައި 35 ސިފައިންގެ ތެރެއިން މިއަދު 26 ބޭފުޅަކަށް މަގާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އެވެ. ބާކީ ތިބި ނުވަ ބޭފުޅުންނަށް މަގާމުގެ ކުރިއެރުން ހަވާލުކުރެވިފައި ނުވަނީ މާލޭގައި ނޫޅޭތީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ރަސްމިއްޔާތުގައި މިމަހުގެ 18 އިން 22 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ސިފައިންގެ "ޖޫނިއާ އޮފިސާޒް ސިމްޕޯސިއަމް" ވޯކްޝޮޕްގައި ބައިވެރިވި ސިފައިންނަށް ވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.

ޖޫނިއާ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދެއްވުމަށް ބޭއްވި އެ ހަފަލާގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ މިފަދަ ވޯކްޝޮޕްތަކުގައި ބައިވެރިވެ އެކަކު އަނެކަކާ ގުޅުން ބަދަހިކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.