22 Aug 2013, 15:35
މާލޭގައި ރޭ ތޫނު އެއްޗަކުން ހަމަލަދީ ޒުވާނަކު ޒަޚަމްކޮށްލުމާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 10:30 އެހާކަންގާއިރު މާވެޔޮގޯޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލަދީ އުމުރުން 21 އަހަރުގެ ޒުވާނަކު ޒަޚަމުކޮށްލި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ހ. ރޯޒެންޑޭލް ޝިފާން ޒުފްރަތު، 18، ކަމަށެވެ.
ޝިފާން ޒުފްރަތުއާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން އެދެ އެވެ.
ރޭ ވަނީ 21 އަހަރުގެ ޒުވާނެއްގެ ކަނާތްފަރާތު ކޮނޑާއި ދިމާލުން ދެތަނަކަށް ހަމަލަދީ ޒަޚަމްކޮށްލާފަ އެވެ. އަދި އޭނާ އަށް ރޭ ވަނީ އައިޖީއެމްއެޗުގައި ފަރުވާދީފަ އެވެ.