ދަރުމަވަންތަ ސްކޫލްގެ ލީޑިން ޓީޗަރު މުހައްމަދު ޒުހައިރު އަންހެން ކުއްޖަކަށް ފައިސާ ދީގެން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި އޭނާ ސްކޫލުން ސަސްޕެންޑްކޮށްފި އެވެ.

އެޑިޔުކޭޝަން ދާއިރާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ޒުހައިރު، 46، ސަސްޕެންޑް ކުރީ 30 ދުވަހަށް ކަމަށެވެ. އޭނާ ސަސްޕެންޑް ކުރީ 21 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު އޭނާ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ދަރުމަވަންތަ ސްކޫލްގެ ލީޑިން ޓީޗަރު ޒުހައިރު ހުކުރު ދުވަހުގެ ރޭ މާލޭ ސީރިޔާ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އަންހެން ކުއްޖަކާ އެކު ބަދައަހުލާގީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.