22 Aug 2013, 12:03
ސަން ޓީވީ ޕްލަސްގެ ޚިދުމަތް ސެޓެލައިޓް މެދުވެރިކޮށް މިއަދު ހެނދުނު މުޅި ރާއްޖެއަށް ތަޢާރަފުކޮށްފި އެވެ.
ސަން މީޑިއާ ގުރޫޕުގެ ޓެކްނިކަލް ޑިޕާޓްމެންޓުން މައުލޫމާތު ދިން ގޮތުގައި، ކޭބަލް އޮޕަރޭޓަރުންނަށް ސަން ޓީވީ ޕްލަސް ލިބޭނީ އެޕްސްޓަރ-7 އެއްގެ ވާޓިކަލް ފަޅިންނެވެ. ފްރިކުއެންސީ އަކީ 4011.13 އެވެ. ސިމްބަލް ރޭޓަކީ 1600 އެވެ. އެފްއީސީ އަކީ 5/3 އެވެ. މޮޑިޔުލޭޝަން ހުންނާނީ ޑީވީބީ- އެސް2 ގަ އެވެ.
ރަށްރަށަށް ސަން ޓީވީ ޕްލަސްގެ ސިގްނަލް ލިބުމުގައި އެއްވެސް ކަހަލަ ޓެކްނިކަލް މައްސަލައެއް ފާހަގަ ކުރެއްވޭ ނަމަ އެކަމެއް އަންގަވައިދެއްވުމަށް ސަން މީޑިއާގެ ޓެކްނިކަލް ޑިޕާޓްމެންޓުން އެދިވަޑައިގަންނަވަ އެވެ. މި ގޮތުން މައުލޫމާތު ދެއްވުމަށް ގުޅުއްވާނެ ނަންބަރު ތަކަކީ 7775967، 7970075، 9878475 އެވެ.