22 Aug 2013, 11:50
އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ސަން އޮންލައިނުން ނަމުގައި ހާއްސަ ސަފްހާއެއް ތައާރަފްކޮށްފި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ހުރިހާ މައުލޫމާތެއް އެއްތަނަކުން ބަލާމުމަށް ސަން އިން ހަދާފައިވާ ސަފްއާއަކީ ޑޮމެއިންގައި ބޭނުން ކުރާ ސަފްހާއެކެވެ. ސަން އިން މިއަދު ލޯންޗުކުރި ސަފްހާގައި ރިޔާސީ ކެންޑިޑޭޓުންގެ ވަނަވަރު ބަޔާންކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެބޭފުޅަކު ރާއްޖެއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ވައުދުތައް ވެސް ކުރުކޮށް "ކޯޓް"ކޮށްފައިވެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ހަބަރުތަކާއި ފޮޓޯތައް ވެސް އެ ސަފްހާގައި ފެންނަން ހުރެ އެވެ.
"ދެހާސްތޭރަ"ސަފްހާގައި ކެންޑިޑޭޓުންގެ މަގުބޫލުކަން އިތުރު ކުރުމަށް ކޮންމެ ކެންޑިޑޭޓަކަށް "ފޭސްބްކް ލައިކް" ދެވޭ ގޮތް ހަދާފައިވެ އެވެ. އަދި "ދެހާސްތޭރަ ޑޮޓް އެމްވީ" ސަފްހާ އަށް ވެސް "ލައިކް" ދެވޭގޮތް ހަދާފައިވެ އެވެ.
ސަންގެ ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު އަފުޒަލް (އަޕޯ) ވިދާޅުވީ އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް އެ ސަފްހާގެ ތަފާތު ފެނިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ސަން މީޑިއާގެ އެކި މީޑިއަމްތަކުން، ސަން ޓީވީ ޕްލަސް އާއި ސަންއެފްއެމާއި ސަން އޮންނައިގެ ކިޔުންތެރިން ބޭނުންވާ ގޮތަށް ފޮޓޯތަކާއި މައުލޫމާތުތައް ވަގުތުން ވަގުތަށް އަފްޑޭޓް ވަމުންދާނެ ކަމަށެވެ. އަދި އާންމުންގެ ފޮނުވާ ފޮޓޯތައް ވެސްގައި ޝާއިއު ކުރާނެ ކަމަށް ވެސް އަޕޯ ވިދާޅުވި އެވެ.
"ދޭހާސް ތޭރައިގެ ޕޭޖަކީ ކޮންސްޓެންޓްލީ އަޕްޑޭޓްވަމުންދާނެ ސަފްހާއެއް. ރިޔާސީ އިންތިހާބަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިންގާ ކަންކަން ފެނިގެންދާނެ. މަންޒަރާއި ތަފްސީލާ އެކު އިންތިހާބުގެ ހުރިހާ މައުލޫމާތެއް ލިބޭނެ ސްޕޮޓަކަށް 'ދެހާސްތޭރަ ޓޮޓް އެމްވީ' ވެގެންދާނެ،" ސަންގެ ކްރިއޭޓިވް ޑައިރެކްޓަރު ވިދާޅުވި އެވެ.
ސަން އޮންލައިނުން މީގެ ކުރިން ވެސް ގައުމީ ބޮޑެތި ކަންކަމުގައި ހާއްސަ ޕޭޖުތައް ތައާރަފްކޮށްފައިވެ އެވެ. އެގޮތުން 2011 ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕަށާއި ހިރިޔާ ސްކޫލްގެ ހަތަރު ކުދިންނާއި އެ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމް މަރުވި ހާދިސާއާ ގުޅިގެން ވެސް ޕޭޖެއް ހެދި އެވެ. އަދި ރަމަޟާން މަހަށް ހާއްސަކޮށްގެން ހެދި ޕޭޖަކާއި ރާއްޖޭގައި އާންމުވެފައިވާ ހަށިވިއްކުމުގެ ވިޔަފާރި ފަޅާއެރުވުމަށް ސަންއިން ހިންގި އޮޕަރެޝަނުގެ ލިޔުންތައް ޝާއިއު ކުރީވެސް ހާއްސަ ޕޭޖެއްގަ އެވެ.