21 Aug 2013, 23:47
މާލޭގައި ތޫނުއެއްޗަކުން ހަމަލަދީ ޒުވާނަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭ 10:30 ހާއިރު މާވޮޔޮގޯޅި ތެރޭ އުމުރުން 21 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ކަނާތްފަރާތު ކޮނޑާއި ދިމާލުން ދެތަނަކަށް ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ޒަޚަމްކޮށްލި ޒުވާނާއަށް އައިޖީއެމްޗުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ފަރީދީމަގުގައި ވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ވަނީ ޒަޚަމްކޮށްލާފަ އެވެ.