21 Aug 2013, 22:05
ޅ. ކުރެންދޫ ގެއަކުން ވަގަށް ނެގި ތިޖޫރީއެއް ފަޅުގެއެއްގެ ތެރޭ ހުރި ވެލިފުންޏެއްގެ ތެރެއިން ހޯދައިފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ކުރެންދޫ އޯޒޯން ގެއިން ތިޖޫރީއެއް ނެގި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ތިޖޫރީ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކުރެންދޫ ފަޅު ގެއެއްގެ ތެރެއިން ކަމަށެވެ.
ވެލިފުނި ތެރެއިން ފެނުނު ތިޖޫރިއާއެކު ދެ ޑިޖިޓަލް ކެމެރާ އާއި ސީސީ ޓީވީ ކެމެރާއަކާއި ދުރުމިއެއްގެ އިތުރުން ރިހި ފަށަކާއި މޮޑެމްއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތިޖޫރީގައި ހުރި 10،550ރ. އާއި 2،947 ޑޮލަރު ފެނިފައި ވަނީ ތިޖޫރި ވަގަށް ނެގި އޯޒޯން ގޭގައި ހުރި ވެލި ފުންޏެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.