"ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ތާއިދު ހޯދުމަށް ދެކުނުގެ އަތޮޅުތަކަށް ކެމްޕޭން "ސަފާރީއެއް"ގެ ދަތުރު މިއަދު ފަށައިފި އެވެ.

ދެކުނުގެ އަތޮޅުތަކަށް މިއަދު ފުރި ސަފާރީގައި ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އެ ކޯލިޝަންގެ ތަރުޖަމާނު އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ އެ ދަތުރުގައި ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދާއި ރަނިން މޭޓް ތަސްމީން އަލީގެ ކެމްޕޭން މެޓީރިއަލްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ އިތުރުން ރަށްރަށަށް ގޮސް "ޑޯޓުޑޯ" ކެމްޕޭން ވެސް ކުރާނެ ކަމަށެވެ.

ނާފިޒް ވިދާޅުވީ އެއް ހަފްތާގެ އެ ދަތުރުގައި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަދި ގދ. އަތޮޅަށް އެެ ޓީމް ދަތުރު ކުރާނެ ކަމަށެވެ.

ނާފިޒް ވިދާޅުވީ އެ ޓީމްގެ އިތުރަށް އަންނަ ހުކުރު ދުވަހު ބ. އަތޮޅަށް ޑރ. ވަހީދު ކެމްޕޭން ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ށ. އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާނެ ކަމަށާއި އެ ދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންމޭޓް އަދި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޑރ. ވަހީދުވެރިކަމަށް ކުރިމަތިލައްވާފައި ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.