21 Aug 2013, 11:11
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ،67، އަށް ހާޓް އެޓޭކެއް ޖެހިވަޑައިގެން ކުއްލި ގޮތަަކަށް ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ޑރ. ސަމަދު ސިންގަޕޫރަށް ވަޑައިގަތީ ވެސް ބޭސްފަރުވާއަކަށް ކަމަށާއި ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އޮންނަވާތާ ވެސް ހައެއްކަ ދުވަސްވެފައިވާ ކަމަށެވެ. އަދި އެ އޮފިޝަލް ވިދާޅުވީ ފޮރިން މިނިސްޓަރުގެ ހާލުކޮޅު "ކްރިޓިކަލް" ކަމަށާއި މިހާރު އޮންނެވީ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްފައި ކަމަށެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ޑރ. ސަމަދުގެ ހާލުކޮޅު ސީރިއަސް ވުމުން ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން ސިންގަޕޫރަށް ވަރަށް އަވަހަަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.