ފ. ދަރަނބޫދޫ ކައުންސިލް މެމްބަރު އަހްމަދު ޒުމީން ކައުންސިލަރު ކަމުން އިސްތިއުފާދެއްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޒުމީން ވިދާޅުވީ ކައުންސިލަރު ކަމުން އޭނާ އިސްތިއުފާދެއްވީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ކައުންސިލަރުކަމުން އިސްތިއުފާދެއްވާފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ ދަރަނބޫދޫ ބްރާންޗުން ސުޕަވައިޒަރު ކަމުގެ މަގާމް ލިބިވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުމީން އަކީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިޚާބުވެވަޑައިގަތް ބޭފުޅެކެވެ. ފަހުން އޭނާ ވަނީ އަދާލަތު ޕާޓީ އަށް ސޮއިކުރައްވާފަ އެވެ.