20 Aug 2013, 15:20
ސަމާ އައިލެންޑް ވިލެޖުގެ ނަމުގައި މާލެ އަތޮޅު ޒިޔާރަތްފުށީގައި ހިންގަމުން އަންނަ ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަން "ސަން"އަށް ކަށަވަރުކޮށް ދެއްވީ އެ ރިސޯޓްގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ވަހީދެވެ. ނަމަވެސް އިތުރު މައުލޫމާތު ދެއްވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެފައި ވަނީ، ދެން އެ ހާދިސާ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނަނީ އެހެންވެ އަޅުގަނޑުމެންނަށް މިވަގުތު އިތުރު މައުލޫމާތު ދެވޭކަށް ނެތް،" ސަންއާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވި އެވެ.