20 Aug 2013, 13:12
ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހދ. ނޭކުރަންދޫން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 41 އަހަރުގެ މީހާ މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކުރީ ނޭކުރަންދޫގައި ގައި ހުއްޓައި ކަމަށެވެ. އަދި އެ މީހާ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަ ކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައި ވަނީ އެ އަތޮޅު ނާވައިދޫގައި ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް އެ މީހާއަކީ ކޮން ރަށެއްގެ ކާކު ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހަކީ އެއް ޖިންސުން ޖިންސީގުޅުން ހިންގުމުގެ މައްސަލަތަކުގެ ރެކޯޑާއި ކުޑަކުދިންނާ ގަދަކަމުން ބަދުއައަޚުލާޤީ ޢަމަލު ހިންގާފައިވާ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން މާރާމާރީ ހިންގުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.