ޗައިނާގެ ނަންޖިންގައި މިހާރު ކުރިޔަށް ދާ އޭޝިއަން ޔޫތު ގޭމްސްގެ އެތުލެޓިކްސްގެ އަންހެން އަދި ފިރިހެން 100 މީޓަރު ދުވުމުގައި ރާއްޖޭގެ ތިން އެތުލީޓުން އިއްޔެ ދުވެފި އެވެ.

ރާއްޖެގަޑިން އިއްޔެ ހަވީރު 4.05ގައި ފެށި އަންހެން ކުދިންގެ 100 މީޓަރު ދުވުމުގައި އާއިޝަތު ސަރާ ވާދަކުރީ ފުރަތަމަ ހީޓްގަ އެވެ. ހަތް އެތުލީޓުންނާއެކު ފެށި އެ ރޭސް 14.04 ސިކުންތުން ސަރާ ނިންމާފައިވަނީ ހަތް ވަނަ އަށެވެ.

ސަރާގެ ޕާސަނަލް ބެސްޓަކީ 2012 ވަނަ އަހަރު ރަޝިޔާގައި ދުވެފައިވާ 13.99 ސިކުންތެވެ.

ރާއްޖޭގެ އަލީ އަނާލް ވާދަކުރީ ފިރިހެންކުދިންގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ހީޓްގަ އެވެ. ރާއްޖެގަޑިން ހަވީރު 4.35ގައި އަށް އެތުލީޓުންނާއެކު ފެށި މި ދުވުން އަނާލް ނިންމާފައިވަނީ 11.63 ސިކުންތުނެވެ. އަދި ދެ ވަނަ ހީޓްގައި ހަތް އެތުލީޓުންނާއެކު ވާދަކުރި ހުސައިން ޝަހުދާން ފަހުމީ ރޭސް ނިންމާފައިވަނީ 11.69 ސިކުންތުން ފަސް ވަނަ އަށެވެ.

އަނާލް އާއި ޝަހުދާންގެ ވަގުތަކީ މި ދެ އެތުލީޓުންގެ ޕާސަނަލް ބެސްޓެވެ.