19 Aug 2013, 21:55
ދަނޑުވެރިންނަށް މި އަހަރުގެ ބަޖެޓުން ދިނުމަށް ހަމަޖެހިފައިވާ ސަބްސިޑީ ހޯދަން 8،000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރުގެ ނައިބު އަލީ ސޯލިހު މިއަދު ވިދާޅުވީ ދަނޑުވެރިންނަށް މި އަހަރު ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ ސަބްސިޑީ ހޯދަން އެދޭ ފަރާތްތަކަށް މިއަދު ފެށިގެން ފޯމް ދޫކުރަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ ފޯމް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ސައްހަތޯ ބަލަމުން. އަދި އޭގެ ތެރެއިން ސައްހަ ފަރާތްތަކަށް ވަރަށް އަވަހަށް ފައިސާ ދޫކުރަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.
އަލީ ސޯލިހު ވިދާޅުވީ ދަނޑުވެރިކަމުގެ ސަބްސިޑީ ހޯދަން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މި އަހަރުގެ ތެރޭގައި ފައިސާ ދޫކޮށް ނިމޭނެ ކަމަށެވެ.