19 Aug 2013, 12:35
ދިރާގުން މުޅިން އާ އޭޑީއެސްއެލް ހޯމް އަންލިމިޓެޑް ދެ ޕެކެޖް ތައާރަފުކޮށްފި އެވެ.
ދިރާގުން އަލަށް ތައާރަފްކޮށްފައިވާ ދެ ޕެކޭޖަކީ "ޕްރޯ އަންލިމިޓެޑް ތްރީ އެމް" އަދި "ޕްރޯ އަންލިމިޓެޑް ފައިވް އެމް" އެވެ. އެ ޕެކޭޖްތަކާ އެކު "އަންލިމިޓެޑް ފައިވް އެމްބީޕީއެސް" ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ.
"ޕްރޯ އަންލިމިޓެޑް ތްރީ އެމް ޕެކޭޖް" އިހުތިޔާރު ކުރާ ފަރާތްތަކުން މަހުގެ ފީއެއްގެ ގޮތުގައި 1190 ރުފިޔާ ދައްކަން ޖެހޭ އިރު "ޕްރޯ އަންލިމިޓެޑް ފައިވް އެމް" ޕެކޭޖް ބޭނުން ކުރާ ފަރާތްތަކުން މަހު ފީއެއްގެ ގޮތުގައި 1490 ރުފިޔާ ދައްކަން ޖެހެ އެވެ. އެ ދެ ޕެކެޖަށް ވެސް ބޭނުން ވަަރަކަށް ޑޭޓާ އެލަވަންސް ލިބެ އެވެ.
ދިރާގުން ބުނީ އޭޑީއެސްއެލް ހޯމް އަން ލިމިޓެޑް ޕެކެޖް ހިޔާރު ކުރުމުން ކިތަންމެ ވަރަކަށް ބޭނުން ކުރި ނަމަވެސް މަހު ފީގެ އިތުރުން އެއްވެސް ހަރަދެއް ނުހިނގާނެ ކަމަށެވެ. އެ ޕެކޭޖްތައް ތައާރަފް ކުރުމުން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ތަފާތު ސްޕީޑްތަކުގެ ޕެކެޖް ހިޔާރު ކުރެއްވުމުގެ ފުރުސަތު އިތުރަށް ތަނަވަސް ވެގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން މިހާރު ވެސް ހޯމް އެޑީއެސްއެެލްގެ ތަފާތު 10 ޕެކޭޖެއް މެދިވެރިކޮށް އިންޓަނެޓްގެ ހިދުމަތް ގެންދަނީ ފޯރުކޮށްދެމުންނެވެ.