މި މަހު 7-11 އަށް އިނގިރޭސިވިލާތުގެ ލަންޑަންގައި އޮތް ވޯލްޑް ޓްރެވަލް ފެއާގައި މަޓާޓޯ އިން ބައިވެރިވެއްޖެ އެވެ.


އެ ޖަމިއްޔާ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ފެއާގައި ބައިވެރިވީ ބޭރުގެ އެކިއެކި ޖަމިއްޔާތަކާ ގުޅުން ބަދަހިކޮށް، ދިވެހި ޓްރެވަލް އޭޖެންޓުންނަށް ބޭރުގެ އެކިއެކި ފަރާތްތަކުން އިތުރު ފުރުސަތުތައް ހޯދައިދީ ފަސޭހައިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ.


"އަދި އޭގެ އިތުރުން ރާއްޖެ އާ ގުޅިގެން ވިޔަފާރި ކުރާ ބޭރުގެ ޓްއާ އޮޕަރޭޓަރުން ވެސް މަޓޯޓާ އެޕްރޫވް ކުރާ ޓްރެވަލް ޓްރެވަލް އޭޖަންޓުންނާ އެކު މުއާމަލާތް ކުރުމުގެ މުހިންމުކަން ވިސްނައިދިނުން ވެސް ހިމެނެ އެވެ." މަޓާޓޯގެ ބަޔާނުގައިވެ އެވެ.


އެ ޖަމިއްޔާ އިން ބުނީ އެ ފެއާގައި ބޭރުގެ ޓްރެވަލް އޭޖެންޓުން ވެސް، އެ ފަރާތްތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކުގެ ވާހަކަ މަޓޯޓާއާ އެކު ހިއްސާ ކުރި ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކުގެ ތަފުސީލެއް މަޓާޓޯގެ ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ.


މަޓޯޓާ އިން ބުނީ އެ ފެއާގައި ޔޫއެންޑަބްލިޔުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ތާލިބު ރިފާއާއި އިނގިރޭސި ވަލާތުގެ ޓްރެވަލް އޭޖެންޓް އަބްޓާ އާއި އެމެރިކާގެ އަސްޓާ އާއި ޕެސިފިކް ޓްރެވަލް އެސޯސިއޭޝަނާއި ޔޫރަޕިއަން ޓްއާ އޮޕްރޭޓާސް އެސޯސިއޭޝަން ފަދަ ޖަމާއަތްތަކާ ބައްދަލުކޮށް ރާއްޖެ އަށް ކުރިއެރުން ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.


އެ ފެއާގައި މަޓާޓޯގެ މެންބަރު 20 ކުންފުންޏަކުން ބައިވެރިވި ކަމަށް މަޓޯޓާ އިން ބުންޏެވެ.