ހުސްވި ރަމަޟާން މަހު ނަސަންދުރަ ޕެލެސް ހޮޓެލްއިން ރޯދަ ވިއްލި ފަރާތްތަކަށް ހާއްސަކޮއްގެން އެތަނުން ބޭއްވި ލަކީ ޑްރޯގެ އެއް ވަނަ ނަސީބު ވެރިޔަކަށް ހޮވުނު ފަރާތަށް ތުރުކީ ދަތުރެއް ލިބިއްޖެ އެވެ. ތުރުކީ ދަތުރު ލިބުނީ ޅ. ނައިފަރު މުލީހާ ސޯލިހް އިޝްހާގަށެވެ.

ނަސަންދުރަ ޕެލެސް ހޮޓެލްގައި މިދިޔަ ހުކުރު ދުވަހު ރޭ ބޭއްވި ހަފްލާއެއްގައި ރޯދަ ވީއްލި ފަސް ފަރާތެއްގެ ނަން ގުރުއަތުން ހޮވި އެވެ. އެ ނަސީބުވެރިންގެ ތެރެއިން ކޮލަންބޯ ދެކޮޅު ޓިކެޓާއި އެކު ދެވަނަ އަށް ހޮވިފައި ވަނީ ގދ. މަޑަވެލި ގްރާސް އައިމިނަތު އިސްމާއިލެވެ. އަދި ތިންވަނައަށް ހޮވިގެން ފުވަމުލަކު ދެކޮޅު ޓިކެޓް ލުބުނީ މ. ކުރިރުށް އަލީ ޔަސްފާރަށެވެ. ހަތަރު ވަނައަށް ހޮވިގެން ދިރާގުގެ އަގުބޮޑު އިނާމްތައް ލިބިފައި ވަނީ މ. ކިން ހަސަން ޝާފިއަށެވެ. އަދި ފަސް ވަނައަށް ހޮވިގެން މ. ޔުނިކް ޝީނީޒް މުހައްމަދަށް ނަސަންދުރަ ޕެލެސް ހޮޓެލްގައި ދެ ބޭފުޅުންނަށް "ބެޑް އެންޑް ބްރެކްފާސްޓެއް" ވަނީ ލިބިފަ އެވެ.