18 Aug 2013, 14:47
ސ. ހިތަދޫގައި ޗަސްބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 10:25 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ. އަދި އެއްވެސް އެއްޗަކަށް ވެސް ގެއްލުމެއް ނުވާ ކަމަށެވެ.
ހިތަދޫ ޗަސްބިމުގައި އަޅާފައިވާ ކޮންވެންޝަން ސެންޓަރު ހުންނަ ހިސާބުގައި ރޯވި އަލިފާންގަނޑު 200 އެއްހާ އަކަ މީޓަރަށް ފެތުރު ނަމަވެސް އީސީސީ އަށް އަލިފާނުގެ އަސަރު ނުކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އަލިފާން ރޯވާން ދިމާވީ ކީއްވެގެންކަން ނޭނގޭ ކަމަށާއި ރޯވެފައި ވަނީ ހުއިތަކުގައި ކަމަށެވެ.
މީދިއާ އޮފިސަރު ވިދާލުވީ އަލިފާންގަނޑު އެއްކޮށް އަދި ވެސް ކޮންޓްރޯލު ނުވާ ކަމަށާއި އެސަރަހައްދުގައި ފަޔާމަނުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.