ހދ. މަކުނުދޫއިން ރޭ ގެއްލިގެން ހޯދި މީހާ ގޮނޑުދޮށުގައި ފިޓް ޖެހިފައި އޮއްވާ ފެނިއްޖެ އެވެ.

މަކުނަދޫން ގެއްލިގެން ހޯދަނިކޮށް ފެނުނު ހުސައިން ޝަރީފް އަކީ މާލޭ މީހެއް ކަމަށް މަކުނުދޫ ކައުންސިލުން ބުންޏެވެ. އުމުރުން 34 އާއި 35 ދެމެދުގެ ހުސައިން ޝަރީފް ގެއިން ނުކުތީ ރޭ 9:30 އެހާކަންހާއިރު ކަމަށާއި އޭނާ ވީނުވީއެއް ނޭނގިގެން ހޯދަން ފެށީ ރޭ 10:00 ޖެހި ފަހުން ކަމަށް ރަށު ކައުންސިލުން ބުންޏެވެ. އޭނާ ފެނުނީ އޭގެ ގަޑިއެއްހާއިރު ފަހުން އެ ރަށު ގޮނޑު ދޮށުންނެވެ.

ހުސައިން ޝަރީފް އަކީ އެ ރަށުގައި މީހަކާ އިންދެގެން ދިރިއުޅޭ މާލެ މީހެކެވެ. އޭނާގެ ތިން އަހަރުގެ ފިރިހެން ކުއްޖަކު ހުރެ އެވެ. ހުސައިން ޝަރީފަކީ "ދޭތެރެ ދޭތެރެއިން" ފިޓްޖެހޭ މީހެއް ކަމަށް އެ ރަށު ހޮސްޕިޓަލުން ބުންޏެވެ.