15 Nov 2010, 11:09
ބ. ތުޅާދޫގައި އިއްޔެ ރޭ ހިނގި މާރާމާރީއަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ، އިއްޔެ ރޭ ތުޅާދޫގައި ހިނގި ގްރޫޕް މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރީ ފަސް މީހަކާއި 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ. ނަމަވެސް، ހައްޔަރުކުރި މީހުންގެ ތަފްސީލް އޮފިޝަލު ނުދެއްވަ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެ ތަޅާފޮޅުން ހިނގަން މެދުވެރިވީ ކުއްޖެއްގެ ގަޔަށް ލޭޒާ ބީމަކުން މީހަކު އަލި އެޅުވުމުން އެކަމާ ހިތްހަމަނުޖެހިގެން އަލިއެޅުވި މީހާ އާ އެ ކުއްޖާ ކުރިމަތިލީ ހިސާބުންނެވެ. ނަމަވެސް، އެ ތަޅާފޮޅުމުގައި އެއްވެސް މީހަކަށް މާ ބޮޑެތި އަނިޔާތަކެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ނަން ހާމަ ނުކުރުމަށް އެދި ކުރިން ބުނެފައި ވަނީ، ތަޅާފޮޅުން ފެށިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާ އެހާކަންހާއިރު ރަށު ޒުވާނުންގެ ބަޔަކު އެ ރަށުގެ ގެއަކަށް ވަދެ އެގޭގައި ތިބި މީހުންނަށް އަނިޔާ ކުރުމުން ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ގްރޫޕާ ދެކޮޅަށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުތުމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި މާރާމާރީ ހިނގައި ބައެއް މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ރަށުގައި އުޅޭނެ ބޯއީ ޒޯންކިޔާ ގްރޫޕެއް، އެ ގްރޫޕުން ގެއަކަށް ގޮސް އެ ގޭގައި ތިބިމީހުންގެ ގައިގައި ތަޅައިގަތީ." އޭނާ ބުންޏެވެ