ގަރާޖަކުން ނުކުތް ކާރެއް ކޮންޓްރޯލު ނުކުރެވިގެން ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:55 އެހާކަންހާއިރު އެ ހާދިސާ ހިނގީ އޯކިޑްމަގު ގަޑިބުރު ކައިރީ ހުރި ގަރާޖަކުން ނުކުތް ކާރެއް ކޮންޓްރޯލު ނުކުރެވިގެންގޮސް އެ ސަރަހައްދުގައި ހުރި ސައިކަލުތަކެއްގައި ޖެހިގެން ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ނަމަވެސް ކާރަށާއި އެ ރަސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށް އެކިވަރުގެ ގެއްލުން ވަނީ ވެފަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ ސައިކަލުތަކުގައި ގޮސް ކާރު ޖެހި، ކާރު ޕޭމަންޓަށް އެރީ ކާރު އަނބުރާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.