17 Aug 2013, 13:13
މިއަދު މާލެ އިން އިންޑިއާ ދިޔުމަށް ފުރި އިންޑިއަން އެއާލައިންސްގެ ފްލައިޓުން ސުމޯކް އެލާމް އަޅައިގެން އަނބުރާ ޖައްސައިފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ސުމޯކް އެލާމް އެޅީ މިއަދު 12:18 އެވެ. އަދި ކެޕްޓަން ޕްރިކޯޝަން ނަންގަވައި ބޯޓު އަނބުރާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ 12:31 ގަ އެވެ. އެ ބޯޓަކީ މިއަދު މާލެ އިން އިންޑިއާގެ ޓްރިވެންޑްރަމަށް ދިޔުމަށް ފުރި ފްލައިޓެވެ.
ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސައިން ޖަލީލު ވިދާޅުވީ ފަޔާ އެލާމަކާ ގުޅިގެން، ކެޕްޓަން ޕްރިކޯޝަން ނަންގަވައި ބޯޓު ޖެއްސި ކަމަށާއި މިހާރު ޗެކު ކުރަމުން ދަނީ އެއީ ފޯލްޓް އެލާމެއް ތޯ ނުވަތަ ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މާ ސީރިއަސް މައްސަލައަކަށް ނުވާ ނަމަ އެ މައްސަލަ ބެލުމަށް ފަހު ބޯޓު ވަރަށް އަވަހަށް ފުރާނެ ކަމަށެވެ.