17 Aug 2013, 11:28
އަންނަ ރިޔާސީ އިންތިހާބްގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ މީހުންގެ ފައިނަލް ލިސްޓް ގެޒެޓްކޮޮށް، އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ އެ ލިސްޓުގައިވާ އެ މީހަކު ވޯޓް ލާންޖެހޭ ފޮށި ކަނޑައަޅައިފައިވެ އެވެ. އަދި އެ ލިސްޓުގައިވާ މައުލޫމާތު ސާފުކުރުމަށް އެ ކޮމިޝަނަށް ހިލޭ ގުޅޭ ނަމްބަރު 1414 އަށް ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް އަދި އެކޮމިޝަންސްގެ ވެބްސައިޓުން ވެސް ބެލޭނެ ކަމަށް އިލެކްޝަނުން ބުންޏެވެ.
މި ލިސްޓްގައިވާ މައުލޫމާތަކާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ނަމަ އެ ޝަކުވާއެއް ހުށަހަޅަން ޖެހޭނީ ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާ ބެހޭ ޝަކުވާ ފޯމް މެދުވެރިކޮށް ރިޔާސީ އިންތިހާބާ ބެހޭ މައިމަރުކަޒަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ހުޅުވާލައިފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 239،593 މީހުންގެ ތެރެއިން 65000 މީހުންނަކީ އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓް ލުމަށް ރެޖިސްޓްރީވެފައިވާ މީހުންނެވެ.