16 Aug 2013, 19:45
ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު މާލޭއިން މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮަޕަރޭޝަނެއްގައި ގ. މިއަލަނިއާގެއިން މިރޭ ހައްޔަރު ކުރީ 34 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 53 އަހަރުގެ މީހެއް ކަމަށެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިރޭ އިރުއޮއްސި 18:15 އެވެ.