16 Aug 2013, 13:41
އިންޖީނު ހުއްޓިގެން ހއ. ތުރާކުނާ ދިމާލުން ރާއްޖެ އަށް ލައްގަމުން ދިޔަ ރަޝިޔާގެ ސާވޭ ބޯޓު މާލޭގައި މިއަދު ހެނދުނު ބަނދަރުކޮށްފި އެވެ.
ރަޝިޔާގެ "އެކެޑެމިކް ނިކޮލައި ސްޓްރަކޯވް" 38 މީހުންނާއި އިންޑިއާގެ ހަތަރު ފަޅުވެރިއަކާ އެކު ދަތުރުކުރަނިކޮށް، ރާއްޖެ ސަރަހައްދަށް އައީ މިމަހުގެ އަށް ވަނަ ދުވަހުގެ 6:30 ހާއިރު އިންޖީނުގެ ޝާފްޓަށް ދިމާވި މައްސަލައެއްގެ ސަބަބުން އިންޖީނު ހުއްޓިގެންނެވެ.
ލައްވަމުންދާތީ އެހީތެރިވުމަށް މާލެ އިން ދިޔަ ޓަގް ބޯޓްގެ އެހީއާ އެކު ރަޝިޔާ ބޯޓް މާލެ ބަނދަރުކޮށްފައި ވަނީ މިއަދު ހެނދުނު 6:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ރަޝިޔާގެ ބޯޓު އޮތް ސަރަހައްދަށް މިދިޔަ ބުދަ ދުވަހު ޓަގުބޯޓަށް ދެވުނު އިރު އެބޯޓު އޮތީ ތުރާކުނުގެ އުތުރުން 12 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އަދި ބޯޓްގައި ތިބި ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.