15 Aug 2013, 16:44
ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު އުޝާމް ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރައްވައިފި އެވެ.
ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމަށް އުޝާމް އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުގައި ކުރިން ހުންނެވީ ރުހުން ނުލިބިގެން އޭޖީގެ މަގާމުން ވަކިވި، އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އައިޝަތު ބިޝާމެވެ. އެޕްރީން 10ގައި އޭޖީގެ މަގާމަށް ބިޝާމް އައްޔަން ކުރެއްވި ދުވަހުން ފެށިގެން ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމު އޮތީ ހުހަށެވެ.
އުޝާމަކީ ކުރިން ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ދައުލަތާ ދެކޮޅަށް އެކި ފަރާތްކުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ދައުލަތުގެ ދިފާއުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ކޯޓުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ.