15 Aug 2013, 02:20
ބިދޭސީއެއްގެ ކަރަށް މިދިޔަ އަހަރު ވަޅި ހެރުމުގެ ކުށުގައި އަށް އަަހަރުގެ ޖަަލުހުކުމެއް ތަންފީޒު ކުރަމުން އަންނަ މއ. މާޖެހިވިލާ ސިޔާންހާދީ މަސްތުވާތަކެތީގެ މައްސަައެއްގައި ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މައްޗަންގޯޅީ ސަހަރާ ކައިރީގައި އިތުރުބަޔަކާ އެކު ހުއްޓައި ސިޔާން ހާދީ ހައްޔަރުކޮށް އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު ކެނަބިސް އަށް ޕޮލިޓިވްވެފައިވާ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ޝަރީއަތުގެ މަޖިީހުގައި ސިޔާން ހާދީ މަސްތުވާތަކެތި ބޭނުންކުރިކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 113 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.