އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުން އުޅުއްވަނީ ނުފޯރާ ފޮތިން ފޫގެޅުމަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިދިކޮޅު ލީޑަރުންނަށް ބަހުގެ ހަމަލާއެއްް ދެއްވައިފި އެވެ.

ހއ. މުރައިދޫއަށް މިއަދު ހެނދުނު ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިހާބުގައި އެމްޑީޕީއާ ވާދަކުރައްވާ ހުރިހާ ޕާޓީތަކުގެ ލީޑަރުންނަކީ ވެސް ގާތް ރައްޓެހިން ކަމަށާއި އެގޮތުން ނުފޯރާ ފޮތިން ފޫނުގެޅުމަށް އެ ބޭފުޅުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސެއް އަޅުނގަޑުގެ ރަހްމަތްތެރިން އެ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި އެ ތިއްބެވީ. އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލަން އޮތީ 'ނުފޯރާ ފޮތިން ފޫގަޅަންޏާ ދެން ފެންނަން އޮންނާނީ ބަރަހަނާ އޭ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި މި އަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް މުހައްމަދު ވަހީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި، ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެވަޑައިގެންނެވި ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލުމަށް ކުރެއްވި ވައުދު ނުފުއްދެވުމުން ނިލަންދޫގެ އެމްޑީޕީއާއި އިދިކޮޅު ޒުވާނުންތަކެއް އެމްޑީޕީ އަށް ގުޅުން އިއުލާން ކުރައްވަމުންނެވެ.

"އެހެން ޕާޓީތަކުން ވައުދުވަނީ އަޅުނގަޑު ދިގުމުއްދަތަށް ޖަލަށް ލުމަށް. އެހެން ޕާޓީތަކުން ހުށަހަޅަނީ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ހައްޔަރުކުރާނެ ކަމަށް، އެހެން ޕާޓީތަކުން ހުށަހަޅަނީ ހަމަ އެއްގޮތަކަށް ވެސް. ދެން މިއަދު އަޅުނގަޑުމެންނަށް އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް ޔަގީން އެ ބޭފުޅުންނަކަށް އެކަމެއް ނުވިކަން،" ނަޝީދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ނަޝީދު ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ މުރައިދޫ އާއި އިހަވަންދޫ އާއި ތިލަދުންމަތީގެ ހުރިހާ ރަށަކަށް ދުވާލަކު ދެ ފަހަރު ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް ތަނަވަސްކޮށްދޭނެ ކަމަށް އެރަށު ރައްޔިތުންނަށް ވައުދުވެ ވަޑައިގަންފަ އެވެ.