14 Aug 2013, 21:52
މިސްރުގެ ހާލަތު އިންތިހާއަށް ގޯސްވެ ގިނަ ބަޔަކު މަރުވެ އެތަށް ހާސް ބަޔަކަށް އަނިޔާވެފައިވާތީ އަދި މުސްލިމު އުންމަތުގެ ބިންތަކުގައި ހިތާމަ ވެރިކަން އިންތިހާއަށް މައްޗަށް ގޮސްފައިވާތީ މިސްކިތްތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ގައުމުތަކަށް މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އަޑު ހަރު އަޑުކޮށް ގުނޫތް ނާޒިލާ ކިޔުމަކީ މާތް ނަބިއްޔާގެ މަތިވެރި ސުންނަތެއް ކަމަށާއި އެހެންކަމުން މިރެއިން ފެށިގެން ނަމާދުތަކުގައި އިމާމުން ގުނޫތް ނާޒިލާ ކިޔުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މިހެން ކަމުން މިރެއިން ފެށިގެން މަޢްރިބު ނަމާދާއި އިޝާނަމާދާއި އަދި ފަތިސްނަމާދުގެ ފަހު ރަކުއަތުގައި، އިއުތިދާލުގައި އަރަބި ބަހުން ގުނޫތް ނާޒިލާ ކިޔުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖޭގެ އެގޮތަށް ދުއާ ކުރުމުގެ ގާބިލް ކަން ހުރި އިމާމުންނަށް އިލްތިމާސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަލި މީހުންނާއި އުޒުރުވެރިން ޖަމާއަތުގައި ތިމޭނެކަން ހަދުމަށްކޮށްގެން ދުއާތަށް ދިގު ނުކުރުމަށާއި އަރަބި ބަހުން ދުއާ ކުރުމަށް އެނގޭ މީހުން އިމާމުވެ ނަމާދުކޮށް ދުއާ ކުރުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.