21 Mar 2010, 10:15
އއ. ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު ބަޔަކާއި ރާއްޖޭގެ ގައުމީ ސަލާމަތީ ބާރުތަކާ ދެމެދު އެ ރަށުގައި ހިނގި ކުރިމަތިލުމާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ދީނީ ހަރުކަށި މީހުންގެ ތެރެއިން ހަ މީހަކު ދޫނިދު އަށް ބަދަލުކޮށް، ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި އެވެ.
މާފުށީ ޖަލުގައި ތިބި ހިމަންދޫގެ 18 މީހުންގެ ތެރެއިން ހަ މީހަކު ދޫނިދު އަށް ބަދަލުކޮށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގާއިރު އެ މީހުންގެ އަދަބު ލުއިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވައިފަ އެވެ. އަދި އެ މީހުން މިނިވަންކުރުމާ ބެހޭ ގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފު ވަނީ ޖަލަށް ވަޑައިގެން އެ މީހުންނާ ބައްދަލު ވެސް ކުރައްވައިފަ އެވެ.