13 Aug 2013, 23:05
ސާދަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ހއ.ހޯރަފުށި، ގުލްޗަމްޕާ މަރްޔަމް ޝަބާނާ ޔޫސުފް،14، ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 2:00 އެހައިކަންހާއިރު ކަމަށެވެ.
މަރްޔަމް ޝަބާނާ ޔޫސުފް އެންމެ ފަހުން ފެނިފައިވަނީ މިއަދު 1:30 އެހައިކަންހާއިރު ވެލާނާގޭ ބިލްޑިން ތެރެއިން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެންމެފަހުން ފެނުނު އިރު ކަޅުކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ސްކާޓެއް ލައިގެން ހުރި އިރު އަޅައިގެން ހުރީ ކަޅުކުލައިގެ ޝޯލްއެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފާރާތެއްވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މަރްޔަމް ޝަބާނާ ޔޫސުފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް، ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އަންގަވައި ދެއްވުން އެދެމެވެ. ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް މި ސާވިސްއަށް އެންގެވުން އެދެމެވެ. ފޯނުންނަމަ ގުޅުއްވާނީ 3322111، 9790163 އަށެވެ،" ފުލުހުންގެ އިއުލާންގައި ބުނެފައި ވެއެވެ.