13 Nov 2010, 12:51
މިއަންމާއަށް ޑިމޮކްރަސީ ގެންނަން މަސައްކަތްކުރައްވާ އައުން ސަން ސޫ ޗީ 15 އަހަރު ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު އެ ގައުމުގެ އަސްކަރީ ސަރުކާރުން މިއަދު މިނިވަންކޮށްފި އެވެ.
އުމުރުން 65 އަހަރުގެ ސޫ ޗީ މިދިޔަ 20 އަހަރުގެ ތެރެއިން 15 އަހަރަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު މިއަދު މިނިވަންކުރުމާ އެކު އޭނާ ވަނީ އާންމުންގެ ތެރެއަށް ނިކުމެވަޑައިގެން އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.