13 Aug 2013, 17:24
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި ރޭ ހުވަނދުމާ އަތުން މޮޅުވެގެން ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކާމިނީ ސްޕޯޓްސް މުބާރާތުގެ ކުރާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކާމިނީ ސްޕޯޓްސް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ގްރޫޕް ސްޓޭޖްގައި އެ ޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ.
ރޭގެ ފުރަތަމަ މެޗުގައި ހުވަނދުމާ އަތުން ކާމިނީ ސްޕޯޓްސް މޮޅުވީ، 32 ލަނޑު ފަސް ފޯލިންނެވެ. ހުވަނދުމާއަށް ހެދުނީ 29 ލަނޑެވެ. ރޭގެ ދެވަނަ މެޗުގައި ހަވަރު ސްޕޯޓްސްއާ ވާދަކޮށް މައްޗަން ގޯޅީ ވިދުވަރު މޮޅުވީ، 38 ލަނޑު ތިން ފޯލި، 23 ލަނޑު އެއް ފޯލިންނެވެ.
މުބާރާތުގައި މިއަދު ހެނދުނު ކުޅެން އޮތް ގްރޫޕް އޭ ގެ މެޗަށް ގަދަމޫ ހާޒިރު ނުވުމުން އެ މެޗު 3 ޕޮއިންޓާއެކު ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން މޮޅުވީ ކަމަށްވަނީ ނިންމާފަ އެވެ.
ހެނދުނުގެ ދެވަނަ މެޗުގައި ގްރޫޕް ބީ ގެ ހެންވޭރު ނޫމާއާ ވާދަކޮށް ހުޅުމާލޭ ވިމެންސް މާރަނި މެޗު ކާމިޔާބު ކުރީ 24 ލަނޑުގެ ތަފާތުން ނެވެ. އެ މެޗުގައި މާރަނި 37 ލަނޑު ފަސް ފޯލި ހެދިއިރު ނޫމާއަށް ހެދުނީ 13 ލަނޑު 10 ފޯއްޔެވެ. އެ މެޗުގައި އެންމެ ގިނަ ފޯލި ސައިކޮށް އަދި އެންމެ ގިނަ ފޯލި ހިފީ މާރަނި ޓީމުގެ ޝާދިޔާ ޝަކީބު އެވެ.
ފިތުރު އީދާގުޅުވައިގެން އެސްޓީއޯއިން ކުރިއަށް ގެންދާ ބަށިމުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަށް ފަށާނީ ބުރާާސްފަތި ދުވަހު ހެނދުނު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00ގަ އެވެ.