އިމިގްރޭޝަން ވިސާ ކައުންޓަރުން ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އެއް ޢާއްމުކޮށްފި.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން އިމިގްރޭޝަން ވިސާ ކައުންޓަރެއްގެ މަތީގައި ބާއްވާފައި އޮތް "ސެމްސަން އެސް 3" މިނީ ފޯނެއް ވަގަށް ނެގިއިރު، އޮފީސް ތެރޭގައި މުވައްޒަފަކު ނޫޅެ އެވެ. ނަމަވެސް އެތަނުގައި ހުރި ސޯފާއެއްގައި މީހަކު އިށީންދެގެން އިންއިރު، އޭނާގެ ފުރަގަހުން ގޮސް ވައްކަން ކުރާ މީހާ ފޯނު ވަގަން ނަގައިގެން ފިލަ އެވެ.

އެ މީހާ އެ ވައްކަންކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެ މައްސަލަ އެ ދުވަހު މެންދުރުފަހު 2:23 އެހާކަންހާއިރު ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާއިން އިތުރަށް ބުނެފައި ވަނީ އެ ވީޑިއާއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަށެވެ. ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ އެ ވީޑިއޯއިން ފެންނަ މީހާއި ބެހޭ މަލޫމާތު ހިއްސާ ކުރާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭ ކަމަށެވެ.
http://www.youtube.com/watch?v=DewyLNLSZPE