ޕެންގުއީންގެ އާއިލާގެ "ކިންގް ޕެންގުއީން"ގެ ތެރެއިން އެންމެ އުމުރުން ދޮށީ މިސީ ނަމަކަށް ކިޔާ ޖަނަވާރެކެވެ. އެންމެ ދުވަސްވީ ކިންގް ޕެންގުއީން "މިސީ" 38، ދިރިއުޅެނީ އިނގިރޭސީވިލާތުގެ ބާޓަން ސަރަހައްދުގައި ހުންނަ ބާޑްލޭންޑް އެންޑް ގާޑަން ޕާކުގަ އެވެ. މިސީގެ އުމުރުން 38 ފުރުނުއިރު، އިންސާނެއްގެ އުމުރާ އަންދާޒާ ކުރާނަމަ އެއީ 108 އަހަރެވެ. އާންމު ގޮތެއްގައި ޕާކުތަކުގައި ގެންގުޅޭ ކިންގް ޕެންގުއީންގެ އުމުރަކީ 26 އަހަރެވެ.

"މިސީގެ އުމުރާ އަޅާބަލާއިރު، ބަލާލުމުން މިސީ މުސްކުޅިއެއް ނޫން. އޭނާ އުޅެނީ އެހެން ޕެންގުއިންތައް އުޅޭހެން،" ޕާކްގެ މެނޭޖާ ސިމޯން ބްލެކްވެލް ވިދާޅުވި އެވެ.

އިނގިރޭސީ ވިލާތުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ގްލައުސެސްބާޝާގެ "ވައިލްޑްލައިފް ޕާކްއަކުން" މިސީ ފެނުނުއިރު އޭތީގެ އުމުރަކީ ފަސް އަހަރެވެ. އެއް ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މިސީއަކީ އަދިވެސް "ކިންގް ޕެންގުއީން"ގެ ބައިގަނޑުގެ ލީޑަރެވެ.

މިސީގެ ދިރިއުޅޭ ޕާކުން އޭނާ ލޯބީގެ ގޮތުން ގުޅިފައި ވަނީ ފިލްމީ ރޯލެއް އަދާކޮށްފައިވާ ޕެންގުއިންއަކާ އެވެ. އުމުރުން 18 އަހަރުގެ ސޭތުއަކީ އިނގިރޭސީ ފިލްމް "ބެޓްމޭން ރިޓާންސް" ގައި ރޯލެއް އަދާކޮށްފައިވާ ޕެންގްއިންއެކެވެ.

ޕެންގުއިންގެ އާއިލާގެ "ކިންގް ޕެންގުއީން" ތަފާތު ވަނީ އޭނގެ ކޮލުގަ އާއި މޭގަ ހުންނަ އޮރެންޖު ކުލައިިންނެވެ. ކިންގް ޕެންގުއީންއަކީ 330 ފޫޓް އަޑިއަށް ދެވޭ ޖަނަވާރެކެވެ.