ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އެ ކޯޓުގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް 1.4 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މަގޫދޫ ކައުންސިލްގެ އިދާރާ އިން އިއްޔެ ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެ ރަށު ދަންމާނު އިންވެސްޓްމަންޓާ ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 138 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

އިއްޔެ އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މަގޫދޫ އިސް މެޖިސްޓްރޭޓް އަބުދުއްލަތީފް ހަމީދު ވިދާޅުވީ މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ނިމުމުން މިހާރު ދިމާވެފައިވާ ޖާގައިގެ ދަތީގެ މައްސަލަ އެކީގައި ހައްލު ވެގެންދާނެ ކަމަށެވެ.