13 Nov 2010, 07:53
މާލެ އިތުރުން ތިން ޕްރޮވިންސެއްގެ ހަ ރަށެއްގައި އިއްޔެ އެމްޑީޕީގެ ރަށު ކައުންސިލް ޕްރައިޕަރީސް ބާއްވައިފި އެވެ.
އެ ޕާޓީން ބުނީ އިއްޔެ ޕްރައިމަރީސް ބާއްވާފައި ވަނީ މާލެ އާއި މަތި އުތުރު ޕްރޮވިންސް އާއި މެދު ދެކުނު ޕްރޮވިންސް އަދި މަތި ދެކުނު ޕްރޮވިންސްގެ 6 ރަށެއްގަ އެވެ. އެއީ ށ. ނޫމަރަ އާއި ށ. ކަނޑިތީމާއި ހއ. ކެލަ އާއި ގއ. ދެއްވަދު އާއި ތ. ކިނބިދޫ އަދި ގއ. ކޮލަމާފުށިގައި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަދި ޕްރައިޕަރީސް ބޭއްވި ހަ ރަށުގެ ވަގުތީ ނަތީޖާ މިހާރު އިޢުލާންކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
"ޕްރައިމަރީސްތައް ބާއްވާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ވެސް މިގެންދަނީ ކުރިއަށް. އެހެން ކަމުން އަދި މިހާތަނަށް ނުބޭއްވި ވަނީ ކިތައް ރަށުގެ ޕްރައިމަރީސް ކަމެއް ނުވަތަ ބާއްވާނީ ކިތައް ރަށުގައި ކަމެއް ނޭނގޭ." އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ އިއްޔެ ބޭއްވި އެ ޕްރައިމަރީގެ އިތުރުން ގދ. ގައްދޫން ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް އަންނަ ހުކުރު ދުވަހު އަދި އައްޑޫ އާއި މާލެ ސިޓީ ކައުންސިލްގެ ޕްރައިމަރީސް މިމަހުގެ 22 ގައި ބާއްވާނެ ކަމަށެވެ.