މ. މުލިން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންބުނީ ރޭ ދަންވަރު 01:20 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަކީ ވައްކަމާއި މަސްތުވާތަކެތި އަދި ފޭރުމުގެ މައްސަލަތަކުގެ އިތުރުން ބަދުއަހުލާ މައްސަލައިގެ ކުށުގެ ރެކޯޑް ވެސް އޮންނަ މީހެކެއް ކަމަށެވެ.

އެ މައްސަލަ މ. މުލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގް ކުރަމުން ނެވެ.