11 Aug 2013, 21:37
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މެލޭޝިޔާގެ ތިބި ބައެއް ދިވެހިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ކެމްޕެއިން ދަތުރުފުޅުގައި މި ވަގުތު މެލޭޝިޔާއަށް ވަޑައިގެން ހުންނެވި ރައީސް ޑރ. ވަހީދު މެލޭޝިއާގައި ތިއްބެވި ބައެއް ދިވެހިންނާއި ބައްދަލުކުރެއްވީ މިއަދު ހަވީރު ކޭއެލްގެ ޑަބަލް ޓްރީ ހިލްޓަން ހޮޓަލުގައި ކަމަށް ގައުމައިގެން ކުރިއަށް ކޯލިޝަނުން ބުންޏެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަނަށް މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން ގިނަ ޒުވާނުންގެ ސްޕޯޓެއް އޮތް ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާ ކަމަށް ގައުމައިގެން ކުރިއަށް ކޯލިޝަނުން ބުނެ އެވެ. މިރޭ ވެސް ވަނީ ދިވެހިންނާއި އެކު ބައްދަލުކުރެއްވުމަށް ބޭއްވުމަށް ހަމަ ޖައްސަވައިފަ އެވެ. އަދި މިރޭ ޒުވާނުނަށް ހާއްސަކޮށްގެން ހާއްސަ މިޔުޒިކް ޝޯއެއް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.