ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ރޭ ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ އިނާމުތައް ކުރިން ޢާންމުކޮށް ދެއްވަމުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށް ވިއަސް، މި އަހަރު މިނިވަން ދުވަހާ ގުޅިގެން އެ އިނާމުތައް ދެއްވާ ގޮތަށް ހަމަޖެއްސެވީ ކަމަށެވެ.