11 Aug 2013, 12:59
ތ. އަތޮޅު ވޭމަންޑޫން ބަލި މީހަކު ގޮވައިގެން މާލެ އައި ލޯންޗެއް ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ވޭމަންޑޫ އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު ގޮވައިގެން މާލެ ދަތުރުކުރި "ސީބާޑް" ލޯންޗު ވ. ރަކީދޫ ފަރަށް ރޭ ދަންވަރު 2:15ގައި އެރުމާ ގުޅިގެން އެލޯންޗްގައި އޮތް ބަލިމީހާ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު މާލެ ގެނެސްފައިވާ ކަމަށެވެ.
އެ ހާދިސާގައި ލޯންޗުގައި ތިބި އިތުރު މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެންމެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ ތ. ކަނޑޫދޫ އުމުރުން 67 އަހަރުގެ ޖައުފަރު މުސާ މާލެ ގެނެސްފައި ވަނީ، އޭނާގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާ ދެއްވުމާ ގުޅިގެން ކަމަށެވެ.
ރޭ ދަންވަރު ފަރަށް އެރި ސީބާޑު ލޯންޗްގެ ފަޅުވެރިން ކުރި މަސައްކަތުން ލޯންޗް ފުންކުރުމަށް ފަހު ރަކީދު އަށް ވައްދާފައިވާ ކަމަށް އެމެއެންޑީއެފުން މައުލޫމާތު ދެ އެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ލޯންޗްގެ ބުރަފަތި ހަލާކުވެ ލޯންޗަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.