11 Aug 2013, 09:31
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސެންޓްރަލް އޮޕަރޭޝަން ޑިޕާޓްމަންޓްތަކުގެ މެދުގައި ބޭއްވި "ވަން ޑޭ ކަޕް"ގެ ޗެމްޕިއަންކަން ދޫނިދޫ ކަސްޓޯޑިއަލް ހޯދައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ދޫނިދޫ ކަސްޓޯޑިއަލް ހޯދާފައި ވަނީ ފައިނަލުގައި ސްޕެޝަލިސްޓްސް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ޕީއެސްއާރު ޔޫ އާއި ވާދަކޮށް ޕެނަލްޓީން ޖަހއިގެން 4-3 ން ކުރި ހޯދައިގެންނެވެ.
މި މަހުގެ އަށް ވަނަ ދުވަހު ފެށި މި މުބާރާތުގައި ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާާޓްމަންޓާއި މާލެ ސިޓީ ޕޮލިސް އާއި ޓްރެފިކް ޕޮލިސްގެ އިތުރުން ކަސްޓޯޑިއަލް ޑިޕާޓްމަންޓުން ޖުމްލަ ނުވަ ޓީމެއް ބައިވެރިވެފައިވެ އެވެ.
ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތައް އާލާކޮށް އެއްކޮށް މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމުގެ މަގުސަދުގައި ސްޕެޝަލިސްޓްސް އޮޕަރޭޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މިމުބާރާތް މިފަހަރު ވެސް ބާއްވާފައި ވަނީ ނޮކް އައުޓް އުސޫލުން ނެވެ.