އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން ހުޅުމާލޭ ވިމެންސް ސްޕޯޓްސް އަދި ދެވަނަ މެޗުން ގޮއިދޫ ޔޫތު ސޮސައިޓީ މޮޅުވެއްޖެ އެވެ.

ހަވީރު ކުޅު ފުރަތަމަ މެޗުގައި ގްރޫޕް ބީގެ ހެންވޭރު ނޫމާ ސްޕޯޓްސްއާ ވާދަކޮށް، ހުޅުމާލޭ ވިމެންސް ސްޕޯޓްސް މެޗު ކާމިޔާބުކުރީ، 17 ލަނޑުގެ ތަފާތުންނެވެ. އެ މެޗުގައި ވިމެންސް ސްޕޯޓްސްއިން 30 ލަނޑު ދެ ފޯލި ހެދިއިރު ހެންވޭރު ނޫމާއަށް ހެދުނީ 13 ލަނޑެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ގްރޫޕް ސީގެ މައްޗަންގޯޅީ އަރާތަރިއާ ވާދަކޮށް ގޮއިދޫ ޔޫތު ސޮސައިޓީ މެޗު ކާމިޔާބުކުރީ، ހަތް ލަނޑުގެ ތަފާތުންނެވެ. އެ މެޗުގައި ގޮއިދޫ ޓީމުން 30 ލަނޑު ހެދިއިރު އަރާތަރިއަށް ހެދުނީ 23 ލަނޑު ހަތް ފޯއްޔެވެ.

މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގައި، މިރޭ ދެ މެޗު އަދި މާދަމާ ހަ މެޗު ކުޅެން ހަމަޖެހިފައި އެވެ.