10 Aug 2013, 18:19
އިލެކްޝަންސް ކޮމިޝަންގެ އައިޓީ ސިސްޓަމް ބެލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ފުއާދު އެހެން ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރަމުންދާ އިންޑިއާގެ ފަސް ބޭފުޅުންނާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި ޖުމްހޫރީ ޕާޓީން އެ ކޮމިޝަންގެ އައިޓީ މަސައްކަތްތައް ވެސް ބެލުމަށް އެދިފައި ވަނިކޮށެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އައިޓީ ސިސްޓަމެއް ވެސް އަދި ހާޑްވެއާ ބަލާ ޗެކް ކުރުމުގެ ފުރުސަތެއް ވެސް އަދި ހުއްދަ އެއްވެސް އެއް ވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އައިޓީ އެއްވެސް ސިސްޓަމެއް އަދި ހާޑްވެއާ އެއް ޗެސް ބަލައި ފާސް ކޮށް ނުވަތަ ޗެކް ކުރުމުގެ ފުރުސަތެއް ނުވަތަ ހުއްދަ އެއް އެއް ވެސް ބޭފުޅަކަށް ވެސް އަދި އެއް ވެސް ފަރާތަކަށް ނުދޭނަން. އަޅުގަނޑުމެންގެ ސެކިޔުރިޓީ ސަބަބުތަކަށްޓަކައި އައިޓީ ސިސްޓަމް ބަލައި ފާސް ކޮށް ނުވަތަ ޗެކް ކުރުމުގެ ހުއްދައަކީ އަޅުގަނޑުމެންނަށް ދެވޭނެ އެއްޗެއް ނޫން. އެ ފުރުސަތު އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކަށް ނުދޭނަން،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރަމުންދާ އިންޑިއާގެ ފަސް މީހުންނާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ އެ ފަސް މީހުންނަކީ ކޮމިޝަންގައި ސޮފްޓުވެއާ އެއް ހެދުމުގެ މަސައްކަތް ކުރަމުންދާ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންޑިއާގެ އިލެކްޝަނާ ބެހޭ އިދާރާގައި އެދުނު އެދުމަކަށް ފޮނުއްވައި ދެއްވި ފަސް މީހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮމިޝަންގައި އެބަ މަސައްކަތް ކުރައްވާ އިންޑިއާގެ ފަސް ބޭފުޅުން. އެބޭފުޅުން ކުރާ މަސައްކަތަކީ ސޕފްޓްވެއާ އެއް ހެދުމުގެ ،މަސައްކަތް. އެއީ އަޅުގަނޑުމެން އެދުނީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގައި އަޅުގަނޑުމެން ސޮފްޓްވެއާ އެއް ހެދުމ،ަށްޓަކައި އެހީ ބޭނުންވާ ކަމަށް . އެހެން ކަމުން އެ ފަސް ބޭފުޅުންނަކީ އަޅުގަނޑުމެންގެ އެދުމުގެ މަތިން އިނޑިއާގެ އިލެކްޝަންސް ކޮމިޝަނުން ފޮނުއްވައި ދެއްވި ފަސް ބޭފުޅުން" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ފޮނުވި ފަސް ބޭފުޅުން ހަދަމުން ގެންދާ ސޮފްޓްވެއާ އަކީ އަންނަ ލޯކަލް ކައުންސިލްގައި ބޭނުން ކުރުމަސް ހަދަމުން ގެންދާ ސްފްޓްވެއާ އެއް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާފެ ފަސް މީހުން ކޮމިޝަންގައި މަސައްކަތް ކުރަމުން ދިއުމަކީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މީހުންނަށް ވޯޓާއި ގުޅުންހުރި އެއްވެސް ސޮފްޓްވެއާއަކަށް އެކްސެސް ނުވެވޭނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.