މަކަރާއި ހީލަތުން ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ މީހެއްގެ އަތުން އަތުލި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

މ. މުލި، ޖޭމުގަސްދޮށުގެ މުހައްމަދު ވާފިރު، 39، ހޯދަމުން ދަނީ ބައު ދަގަނޑާއި ކޭބަލް އަދި ލޯނަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 552،000ރ. އަތުލާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ވާފިރުގެ މައްޗަށް މީގެ ކުރިން ވަނީ އޭނާގެ ޣައިރު ހާޒިރުގައި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ވެސްކޮށްފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކޮށްފައިވާ ހުކުމެއްކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މަކަރާއި ހީލަތުގެ މައްސަލައާ ގުޅިގެން ހޯދަމުން އަންނަ ވާފިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެކަން ވީހާ ވެސް އަވަހަށް ފުލުހުންނަށް ރިޕޯޓު ކުރަން ފުލުހުން އެދެ އެވެ.