21 Mar 2010, 10:10
ނޫސްވެރިންނަށް ދޭ ހަމަލާތަކަކީ އެމްޑީޕީ، އަޑީގައި އޮވެގެން ކުރުވާ ކަމެއް ކަމަށް ބުނެ ޑީއާރުޕީން ދައްކާ ވާހަކަތަކަކީ، ސިޔާސީ މަންފާއެއް ހޯދުމަށް ދައްކާ، އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
މިހާރަކަށް އައިސް ނޫސްވެރިންނަށް ދޭ ހަމަލާތަކަކ61;، އެމްޑީޕީ އަޑީގައި އޮވެގެން ކުރުވާކަމެއް ކަމަށް، މިދިޔަ ބުރާސްފަތި ދުވަހު ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދީ އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެމް،ޑީ،ޕީގެ އިސްނެގުމާއި ބުރަ މަސައްކަތުގެ އިތުރުން އިސްލާޙަށްޓަކައި މަސައްކަތް ކުރި އެތައް ބައެއްގެ މިންނެއް މަސައްކަތުން ލިބިފައިވާ ނުހަނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިފަދަ ބޮޑު ކާމިޔާބީތައްކަފުން ކުރުމަށްޓަކައި މަސައްކަތް ކުރާނީ މާޒީގައި ވެސް ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ދެކޮޅު ހަދައި، ދިވެހިންގެ ދުލާއި ގަލަމުގައި މަލަން އަޅައި، ދީން އެއީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރި ބަޔެއް ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި މިފަދަފިނޑި ޢަމަލުތަކަކީ އެމްޑީޕީން ހަރުއަޑުން ކުށްވެރިކުރާ ކަމެއް ކަމަށާއި، އެފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތައް ޑީއާރުޕީން ނުދެއްކުމަށާއި، ޤައުމުގެ މަސްލަޙަތު ގެއްލޭ، އަދި ރައްޔިތުންނަށް އޮޅޭފަދަ ގޮތްތަކަށް ޢަމަލު ކުރުން ހުއްޓާލުމަށް ވެސް، ޑީ،އާރް،ޕީގެ މި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މި ނޫސްބަޔާނުގައި އެމްޑީޕީން ގޮވާލާފައިވެ އެވެ.
މީޑީޔާގެ ބައެއް ފަރާތްތަކަށް އިންޒާރު ދިނުމަށްފަހު މިދިޔަ ހޯމަ ދުވަހު، ދި ޓީވީގެ މުއައްޒަފުން ތަކަކަށް ހަމަލާދީ، ހަވީރުގެ މުވައްޒިފެންގެ ގަޔަށް ވަޅިހަރައި ވަނީ ޒަހަމްކޮށްލައިފަ އެވެ.