ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން މިރޭ ރާޅުގަނޑު ސަރަހައްދުގައި މިއުޒިކް ޝޯއެއް ބާއްވަން ހަމަޖައްސައިފި އެވެ.

މުއާސަލާތީ ކުންފުނީގެ އިސް ބޭފުޅަކު ވިދާޅުވީ އީދު ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި ކަމަށެވެ. މިއީ ދިރާގު އީދު ޝޯ ބާއްވާ ތިން ވަނަ އަހަރެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ މިރޭގެ ޝޯގައި ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ލަވަކިއުންތެރިންނާއި މިއުޒިކް ބޭންޑްތައް ބައިވެރިވާނެ ކަމަށެވެ. އެގޮތުން ފަސީ ލައިވް އާއި ޝިއުޒް އަދި ހުޔާ ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ މިރޭގެ ޝޯގައި ހަރުބީ އާއި ދިރާގު ސްޓާފް ބޭންޑާއި ވަން ނައިޓް ސްޓޭންޑް އަދި އަދި ހިޔަނި ބޭންޑް ވެސް ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިފަދަ ޝޯއެއް ބޭއްވުމުގައި އެންމެ ބޮޑު ބޭނުމަކީ ޒުވާން ހުނަރުވެރި ލަވަކިއުންތެރިންނަށް މަތީ ފެންވަރުގެ ޝޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން. މިއިން ދައްކައިގެން ދިރާގުން ޒުވާނުން ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް. ހާއްސަކޮށް ޒުވާން ލަވަކިއުންތެރިނާއި މިއުޒީޝަނުންނަށް،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ދަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އިތުރުން ދިރާގު މޯލްޑިވްސް ރޯސް ފަދަ ހަރަކާތްތަކަށް ވެސް ހިންގަމުންނެވެ.