ހދ. ނޮޅިވަރަންފަރު ގެއަކުން ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ހޯދައި ތުހުމަތުކުރެވުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ މީހަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން 27 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އަދި 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ވަގުތެއްގައި ނޮޅިވަރަންފަރު ގެއަކުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ގޮސް އެތަކެތި ހޯދުމަށްޓަކައި ކުރި މަސައްކަތުން އެދުވަހުގެ 3:37 އެހައިކަން ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތައް ފުލުހުން ހޯދާފައި ވަނީ ނޮޅިވަރަމު މީހަކަށް އެތަކެތި ވިއްކާލާފައި ވަނިކޮށް ކަމަށެވެ.

ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.