ބެންގްކޮކް (އޮގަސްޓް 8): ތައިލެންޑްގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ބޮޑުވަޒީރާޔަންގްލަކް ޝިނަވަޓްރާއާ ދެކޮޅަށް އަޑުއުފުލައި ވެރިރަށް ބެންގްކޮކްގައިމުޒާހަރާ ކޮށްފި އެވެ.

ޔަންގްލިކް އާ ދެކޮޅަށް އަޑުއުފުލާފައި ވަނީ މަގާމުން ދުރުކޮށްފައިވާ ޔަންގްލިކްގެ ބޭބެ އަދި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާއަށް މަޢާފުދީ އޭނާ އެނބުރި ގައުމަށް ގެނައުމަށް ޔަންގްލިކްގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ތުހުމަތުކޮށެވެ. ތަކްސިންގެ ޕާޓީ އަށް އަޣްލިބިއްޔަތު އޮންނަ ތައިލެންޑްގެ ޕާލަމެންޓުން ގެންދަނީ ސިޔާސީ ކުށްވެރިންގެ ގޮތުގައި ސިފަކުރެވޭ ފަރާތްތަކަށްމަޢާފު ދިނުމުގެ ބިލެއް ފާސްކުރުމަށް މަސައްކަތްކުރަމުންނެވެ. ތަކްސިންއާ އިދިކޮޅު މަދުޢަދަދެއްގެ މީހުން ބައިވެރިވި މި މުޒާހަރާގެ ބައިވެރިން މިބިލް ސިފަކުރަނީޔަންގްލަކްގެ ސަރުކާރުން އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ ތަކްސިން ޝިންވަޓްރާ ކުށެއްނެތް ކަމަށް ނިންމައިބޭބެ އަނބުރައި ގައުމަށް ގެނައުމަށް ކުރަމުންދާ އަމިއްލަ އެދުމުން ފުރިގެންވާ މަސައްކަތެއްގެ ގޮތުގަ އެވެ. ތަކްސިން ދިރިއުޅުއް ވަނީ ގައުމުން ބޭރުގަ އެވެ.
މަޢާފް ނުލިބި ގައުމަށް އެނބުރި ވަޑައިގެންފި ނަމަ ތަކްސިން ހައްޔަރުކުރުމުގެ ޤާނޫނީ ބާރު ތައި ފުލުހުން ލބިފައިވާ ކަމަށް ވެ އެވެ. އިންތިޚާބުގެ ދުވަސްވަރު ޔަންގްލިކް ވަނީ އޭނާއަކީ ބޭބެ ތަކްސިންގެ ކޮޕީއެއް ކަމަށް އަމިއްލައަށް ސިފަކުރައްވާފަ އެވެ. މިއީ ވެރިކަން ލިބިވަޑައިގެންފި ނަމަ ބޭބެ ސަލާމަތް ކުރައްވާނެ ކަމަށް ޔަންގްލިކް ކުރެއްވި އިޝާރާތެއް ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ. ޔަންގްލިކްގެ ސަރުކާރާ ދެކޮޅަށް އިއްޔެކުރި މުޒާހަރާގައި މީހުން މަދުނަމަވެސް ކުރިޔަށްއޮތް ދުވަސްތަކުގައި މިކަމާ ދެކޮޅަށް ވަރުގަދައަށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރިޔަށްގެންދާނެ ކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުންވަނީ ދީފަ އެވެ.

ސިޔާސީ ކުށްވެރިންގެ ގޮތުގައި ސިފަކުރެވޭ ފަރާތްތަކަށް މަޢާފު ދިނުމުގެ ބިލަކީ ތަކްސިން ނިސްބަތްވެވަޑައިގަންނަވާ އަދި ތައިލެންޑްގައި މިހާރު ވެރިކަންކުރާ ޕާޓީގެ މެންބަރަކު ޕާލަމެންޓަށް ހުށަހެޅި ބިލެކެވެ. މިބިލު ފާސްވެއްޖެ ނަމަ ތަކްސިންގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ތައިލެންޑްގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި އެތައް ބަޔަކަށް ގައުމީ ފެންވަރުގައި މަޢާފް ލިބި މިހާރު ސިޔާސީ ގޮތުން ފިތްނަވެރިވެފައިވާ ތައިލެންޑްގެ މުޖްތަމައުގައި ސުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މި ބިލަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވެ އެވެ.

ދެހާސް ހަ ވަނަ އަހަރު ތައިލެންޑްގެ ބޮޑުވަޒީރު ކަމުގައި ތަކްސިން ހުންނަވަނިކޮށްސިފައިން ނުކުމެޢަސްކަރީ އިންޤިލާބަކުންއޭނާގެ ވެރިކަން ވައްޓާލާފައި ވަނީ ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅެއްގައި އޭނާ އުޅުއްވަނިކޮށެވެ. (ރޮއިޓާސް)