08 Aug 2013, 12:06
ދަވްޙާ (އޮގަސްޓް 8): އިސްލާމީ ގިނަ ގައުމުތަކުން މިއަދަކީ ބަރަކާތްތެރި ފިތްރު ޢީދު ދުވަސް ކަމަށް ކަނޑައަޅައި ފިތްރު ޢީދު ފާހަގަކުރަމުން އެބަގެންދެ އެވެ.
ސައޫދީ އަރަބިޔާއާއި ގަލްފުގެ ޢަރަބި ގައުމުތަކުން ވަނީ ރޭ ޝައްވާލް މަހުގެ ހަނދު ފެނުނުކަން އިޢްލާންކޮށް މިއަދަކީ ބަރަކާތްތެރި ފިތްރު ޢީދު ދުވަސް ކަމަށް ކަނޑައަޅައިފަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ދުނިޔޭގެ އެއްވެސް ހިސާބަކަށް ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށް "އިސްލާމިކް ކްރެސެންޓް އޮބްޒަވޭޝަން ޕްރޮޖެކްޓް" އިން ހާމަކޮށްފައިވެ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ހަނދުފެނުނުކަން އިސްލާމީ އެއްވެސް ގައުމަކުން އިޢްލާންކޮށްފައެއްނުވެ އެވެ. އެހެންކަމުން އިއްޔެ ފިތްރު ޢީދު ކަމުގައި އެއްވެސް ގައުމަކުން ހަމަޖައްސާ ފައެއްނުވެ އެވެ.
ސައޫދީ އަރަބިއްޔާގެ ކަލަންޑަރުން އިއްޔެއަކީ ރޯދަ މަހުގެ 29 ވަނަ ދުވަހެވެ. ނަމަވެސް ރޭގައި ހަނދުބެލުމުން ޝައްވާލު މަހުގެ ހަނދު ސާބިތުވެ ސައޫދީގައި އިޢްލާންކުރުމުން އެގައުމުގެ ސްޕްރީމް ކޯޓުން ވަނީ މިއަދަކީ ބަރަކާތްތެރި ފިތްރު ޢީދު ދުވަސް ކަމަށް ކަނޑައަޅައި އެކަން އިޢްލާންކޮށްފަ އެވެ. ނަމަވެސް ބައެއް އިސްލާމީ ގައުމުތަކަށް ރޭގައި ވެސް ހަނދުފެނިފައި ނުވާތީ މިއަދަކީ ފިތްރު ޢީދުދު ވަސްކަން އެ ގައުމުތަކުން އިޢްލާންކޮށްފައެއް ނުވެ އެވެ. (އަލްޖަޒީރާ)